Last Updated: June 9, 06:10
Tuesday, June 9, 2026
ސިޔާސީ

"ގައުމައިގެން ކުރިއަށް" ޖަލްސާއެއް މާދަމާ ރޭ

އިލްހާމް މިއަދު ފުވައްމުލަކުގައި: މާދަމާ ރޭ އައްޑޫގައި ޖަލްސާ ބާއްވާނެ. ފޮޓޯ/ ކިއުންތެރިއެއް

ރައީސް ޑރ. މުހައްމަދު ވަހީދުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ޖަލްސާއެއް މާދަމާ ރޭ އައްްޑޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ޖަލްސާ އޮންނާނީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކަމަށް ކޯލިޝަންގައި ހިމެނޭ ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހް މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާދަމާ ރޭ ޖަލްސާ ބާއްވާ އިރު، ކޯލިޝަންގެ ޓީމް މިއަދުގެ ވަގުތެއްގައި އައްޑު އަށް އަންނާނެ ކަމަށެވެ. ކޯލިޝަންގެ ޓީމެއް މިއަދު ވަނީ ފުވައްމުލަކަށް ވަޑައިގެންފަ އެވެ. އެ ޓީމްގައި އިސްކޮށް ހުންނެވީ ރައީސް ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިނެވެ.