Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

އީސީސީ ހިމެނޭ "ހަތްދު" އަކީ ފަޅު ތަނެއް ނޫން!

އައްޑޫ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހިމެނޭ ސަރަޙައްދަކީ، މީހުން ދިރިނޫޅޭ، ފަޅު ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުން ބާޠިލު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސަށް މިއަދު ލަފާ އަރުއްވައިފި އެވެ.

މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއިން މިގޮތަށް ލަފާ އެރުއްވީ، އެ ސަރަޙައްދަކީ، ވަރަށް ގިނަ ގޯތި ދޫކޮށްފައިވާ ސަރަޙައްދަކަށްވާތީ، ފަޅު ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމުން، ގޯތި ދޫކޮށްފައިވާ މީހުންނަށް މަސައްކަތް ނުފެށި، އެކަމުގެ ޝަކުވާތައް ސަރުކާރުގެ ކަމާ ބެހޭ ދާއިރާތަކަށް ހުށަހަޅަމުން ގެންދާތީ އެވެ.

އީސީސީ ހިމެނޭ ސަރަޙައްދާއި، ހަންކެޑެ ސަރަޙައްދަކީ، މީހުން ދިރިނޫޅޭ ފަޅު ދެ ސަރަޙައްދުގެ ގޮތުގައި، ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ ނޮވެމްބަރު 29، 2011 ގަައި ވަނަ ދުވަހު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއިންނެވެ.

އީސީސީ ސަރަހައްދު ފަޅު ރަށެެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން އެތަނުގެ ނަމަކީ "ހަތްދޫ" ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ނިންމާފަ އެވެ.