Last Updated: May 2, 20:56
Friday, May 2, 2025
ޚަބަރު

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި -- ފޮޓޯ / އަވަސް

ފުލުހުންގެ އިންޓެލިޖެންސާއި ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެރަށުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު ކުޅުދުއްފުށި ބަނދަރު ސަރަހައްދުން ހަވީރު 16:35 އެހާކަށްހާއިރު ކަމަށެވެ. މި މައްސަލަ އިތުރަށް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ދާދިފަހުން މާލެއިން ވެސް މަސްތުވާތަކެއްޗާއި އެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.