ޖުމްހޫރީ ގުުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޑް ޑރ. ހަސަން ސައީދު އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި ރޭ ފޭދޫގައި ސަޕޯޓަރުންނާ އެކު ބާބަކިއުއެއް ބާއްވައިފި އެވެ.
މި ހަރަކާތް އޮތީ ފޭދޫ ސްކޫލްގަ އެވެ. މި ބާބަކިއުގައި ޖުމްހޫރީ ގުޅުމަށް ތާއީދު ކުރާ ފޭދޫގެ ގިނަ ބަޔަކު ބައިވެރިވި އެވެ.
ބާބަކިއުގައި ވާހަކަ ދައްކަމުން ޑރ. ހަސަން ވަނީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހީމަށް ހުރިހާ ބޭފުޅުން ވޯޓް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
އޭނާ އަދި ވަނީ ޖުމްހޫރީ ގުޅުމުގެ ކޯލިޝަންގައި ރައްޔިތުންނަށް ލިިބިގެން ދާނެ ކުރިއެރުމާއި މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންތައްތަކާ ބެހޭ ގޮތުން ވެސް ސަޕޯޓަރުންނާ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.