Last Updated: June 9, 06:10
Tuesday, June 9, 2026
ސިޔާސީ

ރައީސް ވަހީދު މިއަދު އައްޑު އަށް

މެއި 8 ގައި ރައީސް އައްޑޫ ފެން ފްލާންްޓްގައި. ފޮޓޯ/ ރައީސް އޮފީސް

"ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ މަނިކުފާނާއި ޓީމް އައްޑު އަށް ވަަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމީދުއަށެވެ. އެގޮތުން މެންދުރު ފަހު 2:30 އެ ރަށަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވާނެ އެވެ.

ރައީސް ވަހީދާއި ރައީސް ވަހީދާއެކު ހުޅުމީދުއަށް ވަޑައިގަންނަވާ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށްޓަކައި ވީހާ ގިނަ ފަރާތްތަކަކުން މީދޫ ޖެޓީ އަށް ހާޒިރުވުމަށް ހުޅުމީދޫގެ "ގައުމައިގެން ކުރިއަށް" ކޯލިޝަން ކެމްޕޭން ޓީމުން ވަނީ އެދިފަ އެވެ.

ރައީސް ވަޙީދުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން މިރޭ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވާ ބޮޑު ޖަލްސާ އަށް ހުޅުމީދުން ދާ މީހުންނަށް ހިތަދުއަށް ދިއުމުގެ ދަތުރުގެ ކަންތައް ހަމަޖެހިފައިވާތީ ޖަލްސާގައި ބައިވެރިވުމަށް ހިތަދުއަށް ދާން ބޭނުންވާ ފަރާތްތަކުން މިރޭ 7:30 އަށް މީދޫ ޖެޓީއަށް ހާޒިރުވުމުން ހިތަދު އަށް ދިއުމުގެ ކަންތައް ހަމަޖެހިފައިވާ ކަމަށް ވެސް ކެމްޕޭން ޓީމުން ބުންޏެވެ.