މީގެ ކުރިން އަމީތާބް ބައްޗަންގެ މަންމަގެ ރޯލް ވިދިޔާ ބާލަން ވަނީ ކުޅެފަ އެވެ. އެއީ 2010 ވަނަ އަހަރު ރިލީޒްވި "ޕާ" ގަ އެވެ.
އެ ފިލްމްގައި އަމީތާބަކީ ވިދިޔާ އާއި އަބިޝެކް ބައްޗަންގެ ދަރިފުޅެވެ.
އެހެން ނަމަވެސް ވިދިޔާ އާއި އަމީތާބް އަލަށް މަސައްކަތް ފަށާ ފިލްމުގައި އަމީތާބް ކުޅޭނީ އޭނާގެ ލޯބިވާ އަންހެން ދަރިފުޅު ވިދިޔާ އިންނާނެ މީހަކު ހޯދަން މަސައްކަތް ކުރާ ބައްޕައެއްގެ ރޯލެވެ.
މި ފިލްމަކީ "ވިކީ ޑޯނާ" އާއި ދާދި ފަހުން ރިލީޒްވި "މެޑްރާސް ކެފޭ" ގެ ޑައިރެކްޓަރު ސުޖިތު ސިރްކާސް ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމްގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.