Last Updated: May 2, 20:56
Friday, May 2, 2025
ޚަބަރު

ގާނޫނީ މައުލޫމާތުތައް ހިމެނޭ ވެބްސައިޓެއް ލޯންޗުކޮށްފި

ގާނޫނުއަސާސީ މީހަކު ހިފަހައްޓައިގެން: ފޮޓޯ /ސަން

ގާނޫނީ މައުލޫމާތުތަކަށް ޚާއްސަ ވެބްސައިޓެއް ލޯންޗްކޮށްފިިއެވެ.

"ޖަސްޓިސް އިނީޝިއޭޓިވް ޑޮޓް ލީގަލް" ގެ ނަމުގައި ޖަސްޓިސް އިނީޝިއޭޓިވް މޯލްޑިވްސް ނަމަކަށް ކިޔާ މަދަނީ ޖަމިއްޔާ އަކުން ލޯންޗު ކޮށްފައިވާ މި ވެބްސައިޓުން ރާއްޖޭގައި ހެދިފައިވާ ހުރިހާ ގާނޫނުތަކެއް އެއްތަނަކުން ފެންނަން ހުންނާނެއެވެ.

މީގެއިތުރުން ގާނޫނުތަކަށް ގެނެސްފައިވާ އިސްލާހުތައް ވެސް ވަކިވަކިން މި ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އެހެންކަމުން މިއީ ގާނޫނުތަކަށް ގެންނަ އިސްލާހުތަކާއެކު އެއް ތަނަކުން ގާނޫނުތައް މިގޮތަށް ފެންނާނެހެން ލޯންޗު ކޮށްފައިވާ ފުރަތަމަ ފެބްސައިޓެވެ.

މި ވެބްސައިޓު ފަރުމާ ކޮށްފައި ވަނީ ފޯނާއި ޓެބްލެތު ފަދަ ވަސީލަތްތަކަށް ވެސް ފެންނާނެހެންނެވެ. މި ވެބްސައިޓުން ގާނޫނުތަކަށް އަމަލުކުރަން ފެށި ތާރީހާއި ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި ކޯޓުތަކަށް ހުށަހަޅަންޖެހޭ ފޯމުތައް ވެސް ލިބެން ހުންނާނެއެވެ.