Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

އެންދެމުމަށް ފޭބި މީހަކު މަރުވެއްޖެ

މަސްވެރިޔަކު އެން އުކަނީ، 9 ވައްތަރެއްގެ މަސް ދާ އަޅައިގެން ނެގުނުން މަނާ، ފޮޓޯ: ޒުވާން މަސްވެރިޔާ އެފްބީ ޕޭޖް

ގުޅިފަޅު ކައިރިއަށް އެންދަމަން ފޭބި މީހަކު މަރުވެއްޖެއެވެ.

އި މަރުވެފައި ވަނީ ނ. މާޅެންދޫއަށް ނިސްބަތްވާ މީހެއް ކަމަށްވެއެވެ. އެރަށުގެ ކައުންސިލްގެ ނާއިބު ރައީސްއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މަރުވެފައި ވަނީ އުމުރުން 56 އަހަރުގެ މީހެކެވެ.

އޭނާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ގުޅިފަޅު ކައިރިއަށް އެންދަމަން ފައިބައިގެން އުޅެނިކޮށް ކަމަށްވެސް މައުލޫމާތުދީފައިވެއެވެ. މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން މިހާތަނަށް އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.