Last Updated: May 4, 11:23
Saturday, May 4, 2024
ޚަބަރު

ޒުވާނުން އާމްދަނީ ހޯދުމަށް ރުކުމާ ފުރުސަތެއް ދީފި

ފުޅާ ދާއިރާއެއްގައި މަހުގެ އެކްސްޕޯޓް ކުރާ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އަބްދުލް ކަރީމް(ރުކުމާ) ވަޒީފާ ގެއްލިފައި ތިބި ދިވެހި ޒުވާނުންނަށް މަހުގެ އިންޑަސްޓްރީއަށް ވަނުމަށް ޚިޔާލު ދީފިއެވެ.

ރުކުމާ މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އާމްދަނީ ޔަގީންވާނެ ކަންކަމާ ފިކުރު ކުރަން ނުތިބެ ދިވެހި ޒުވާނުން ލޮނުމަސް އެޅުން އިތުރުކޮށްލުމަށެވެ. ބާޒާރުގެ އަގުގައި ރުކުމާ މަސް ގަންނާނެ ކަމަށާއި މިކަމަށް އަލަށް ވަންނަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް އިރުޝާދުވެސް ދޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ރުކުމާ ވަނީ މިހާރުގެ ބާޒާރުގައި މަސް ވިއްކާ އަގުތައް ވެސް ހާމަކޮށްފައެވެ. އެގޮތުން އެންމެ ބޮޑު އަގުގައި ވިކެނީ ކުރުމަސް 65ރ. އަށެވެ. ހިބަރު ކިލޯއެއް 55 އަށް ހުރިއިރު ކަންނެލި މަސް ކިލޯއެއްގެ އަގު ބާޒާރުގައި އުޅެނީ 40ރ. އަށް ކަމަށް ރުކުމާ ބުނެފައިވެއެވެ.

މަހުގެ އިތުރުން ރުކުމާ އަކީ ސީކިއުކަމްބާ އަދި ސީފުޑްގެ ބާވަތްތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމުގައި މަސައްކަތް ކުރާ ފަރާތެކެވެ.