އެމްޑީޕީގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު "އާ ބާރެއް" ގެ ނަމުގައި ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއް މިރޭ މަރަދޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްޑީޕީން ބުނީ އެ ޖަލްސާ އޮންނާނީ މަރަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ސްޓޭޖް ސަރަހައްދުގައި ކަމަށެވެ.
މި ޖަލްސާ އަށް އެމްޑީޕީ އަށް ތާއީދު ކުރާ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެމްޑީޕީން ވަނީ ދައުވަތު އަރުވާފަ އެވެ.
ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ޖަހާ އިރު އެވެ.