Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ފުލުހުންނާއި އިލެކްޝަން ކޮމިޝަން އެމްއޯޔޫއަކަށް

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ސަލާމަތީ އެންމެހާ ކަންކަން އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމުގައި ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުން ގުޅިގެން އަމަލީ ގޮތުން މަސައްކަތް ކުރާނެ ގޮތާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނާ މޯލްޑިވްސް ޕޮލިސް ސަވިސްއާ ދެމެދު މެމޮރަންޑަމް އޮފް އަންޑެސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގެ ކޮންފަރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މި އެމްއޯޔޫގައި ސޮއި ކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު އެވެ.

މޯލްޑިވްސް ޕޮލިސް ސަވިސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދު އެވެ.

މި އެއްބަސްވުމުގައި ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދެ މުއައްސަސާ އަށް ޤާނޫނީ ގޮތުން ލިބިފައިވާ ބާރާއި އިޚްތިޔާރު ބޭނުން ކުރުމާއި، އިންތިޚާބުގެ އެންމެހައި ކަންކަން ނިމެންދެން ދެ މުއައްސަސާއިން އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވެ އެވެ.