Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ކުޅުދުއްފުށިން 5 ވަނަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށީ ބަނދަރުމަތި، އެރަށުން ކޮވިޑު ކޭސްއެއް ފެނުމާއި ގުޅިގެން ރަށްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި، ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ކުޅުދުއްފުށިން އިތުރު މީހަކު ކޮވޮޑު-19 އަށް ޕޮޒިޓިވްވެ އެރަށުން މި ބައްޔަށް ޕޮޒިޓުވްވީ މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ.

އެނގިފައިވާ ގޮތުގައި މިރޭ ޕޮޒިޓިވްވި މީހާ އަކީ "ފާޅު ބޯޓުން" ޕޮޒިޓިވްވި ފަޅުވެރިއެއްގެ ޑައިރެކްޓު ކޮންޓެކެވެ.

ކުޅުދުއްފުށިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ "ފާޅު ބޯޓު"ގެ ކެޕްޓަންއެވެ. އޭގެ ފަހުން އެބޯޓުގެ އެހެން ފަޅުވެރިންތަކެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރު ދަނީ އެމީހުންގެ ކޮންޓެކްޓު ޓްރޭސިން ހަދަމުންނެވެ.

ކުޅުދުއްފުށިން ކޮވިޑު-19 ފެނުމާއި ގުޅިގެން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި ފާޅު ބޯޓު ދަތުރު ކުރި ނޮޅިވަރަންވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.