Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު

ލިންކު ރޯޑުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ފޮރޮޅާލައިފި

ރޭ ފަތިހު ލިންކު ރޯޑުން ފޮރޯޅާލި ކާރު، ފޮޓޯ: ތޯލިބު ނަސީރު

އައްޑޫ ލިންކު ރޯޑުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ފޮރޮޅާލައިފިއެވެ.

ރޭ ފަތިހު ހިނގި މި ހާދިސާ ހިނގާފައިވަނީ އާރުއޭއެފް ސަރަހައްދުގައި ހުންނަ ޕޮލިސް އެކަޑަމީ ކައިރިންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއެކްސިޑެންޓު ހިނގި އިރު ކާރުގައި ޑްރައިވަރުގެ އިތުރުންވެސް ބަޔަކު ތިބިކަމަށް މައުލޫމާތު ލިބެއެވެ.

ރޭ ފަތިހު ލިންކު ރޯޑުން ފޮރޯޅާލި ކާރު، ފޮޓޯ: ތޯލިބު ނަސީރު

މިހާދިސާ އާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

އައްޑޫ ލިންކު ރޯޑުގައި މިފަދަ ހާދިސާތައް ދޭތެރެއަކުން ހިނގައެވެ.