Last Updated: May 14, 01:49
Monday, May 13, 2024
ޚަބަރު

ރައީސް ވަހީދު ހުޅުމީދު އަށް ވަޑައިގެންފި

ރައީސުލް ޖުމްހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުޅުމީދު އަށް ވަޑައިގެން ކެމްޕޭން ކުރައްވަމުން އެބަ ގެންދަވަ އެވެ.

"ގައުމައިެގެން ކުރިއަށް" ކެމްޕެއިންގައި އެމަނިކުފާނާއި އެކު ރަނިންމޭޓް ތަސްމީނު އަލީވެސް ވަނީ ހުޅުމީދޫއަށް ވަޑައިގެންފަ އެވެ.

ޑރ. ވަޙީދު އާއި އެ މަނިކުފާންގެ ރަނިންމޭޓް މިއަދު މެންދުރު އައްޑު އަށް ވަޑައިގެން ގަމުގެ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފަހު ފުރާ ވަޑައިގަތީ ހުޅުމީދޫ އަށެވެ.

ހުޅުމީދު އަށް ވަޑައިގަތުމުން އެ މަނިކުފާނާއި ރަނިންމޭޓަށް މީދޫން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި އެ ރަށުގެ ގޭގެ އަށް ހިންގަވާވަޑައިގެން ކެމްޕެއިން ކުރައްވަމުން އެބަ ގެންދަވަ އެވެ.

"ގައުމާއިގެން ކުރިއަށް" ކެމްޕެއިން އިސް އޮފިޝަލަކު ވިދާޅުވީ އެ މަނިކުފާން ހުޅުމީދޫ ދަތުރު ނިންމަވާލެއްވުމަށް ފަހު މިރޭ ވަޑައިގަންނަވާނީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބާއްވާ ޖަލްސާއަށެވެ.

ރައީސް ވަހީދުގެ އަނބިކަބަލުން އިލްހާމް އަލީ ވަނީ މިދިޔަ ހަފްތާތެރޭގައި ހުޅުމީދު އަށް ވަޑައިގެން ކެމްޕޭން ކުރައްވާފަ އެވެ.