Last Updated: May 2, 06:04
Friday, May 2, 2025
ޚަބަރު

ކުރިޔަށް އޮތް ދެ އަހަރު ހާއްސަ އިސްކަމެއް ދީގެން ކުރަންހުރި ކަންކަމަށް މަޝްވަރާކޮށްފި

ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަން ހުރި ކަންކަން އަލުން ތަރުތީބުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ތައްޔާރުކުރައްވާފައިވާ 'ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް' އާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ މި މަޝްވަރާތަކުގައި ހުރިހާ ސެކްޓަރުތަކުންވެސް ކުރިއަށްއޮތް ދެ އަހަރަށް އިސްކަންދެއްވައިގެން ކުރައްވާނެ ކަންތައްތައް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ސަރުކާރުގެ އޮފީސްތަކުން މިކަންތައްތަކަށް ޢަމަލުކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

ކުރިޔަށް އޮތް ދެ އަހަރަށް ހާއްސަ އިސްކަމެއް ދީގެން ރާވާފައިވާ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރިއިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ތެރޭގައި ރައީސް އޮފީހުން ވަނީ ސްޓްރެޓަޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އެއް އިފްތިތާހު ކޮށްފައެވެ.

އެހެންނަމަވެސް ކޮވިޑް19 ގެ މިހާލަތުގައި އެސްއޭޕީގައި ހުރި ކަންކަން ރައްޔިތުންނަށް ގެނެސްދިނުމުގައި ގޮންޖެހުންތަކެއް ހުރުމާއިއެކު ރައީސް އޮފީހުގެ ޕޮލިސީ އޮފީހުން ވަނީ އިތުރު ލިސްޓެއް ތައްޔާރުކޮށްފައެވެ.