Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

ގިނަ އަދަދެއްގެ އައިޑީ ކާޑް ނުގެންގޮސް ޑިޕާޓްމަންޓްތަކުގައި

ރިއާސީ އިންތިހާބް ވޯޓުލުމަށް 3 ދުވަހަށް ވެފައިވާ އިރު ގިނަ އަދަދެއްގެ އައިޑެންޓިޓީ ކާޑް ހެެއްދުމަށް ފަހު ނުނަގާ އައްޑޫގެ ރަށްރަށުގައި ހުރި ކައުންސިލްގެ ޑިޕާޓްމަންޓްތަތަކުގައި އެބަ ހުރި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ހެއްދުމަށް ފަހު ނުނަގާ 244 އައިޑެންޓިޓީ ކާޑް އެކި އަވަށު އޮފީސް ތަކުގައި ހުރި ކަމަށެވެ.

އެގޮތުން މީދޫ އޮފީހުގައި 40 ކާޑް، ހިތަދޫ އޮފީހުގައި 183 ކާޑް އޮތް އިރު ފޭދޫ އޮފީހުގައި 32 ކާޑް އަދި މަރަދޫގައި 29 ކާޑް އޮތްކަމަށެވެ.

ވޯޓު ލުން އަންނަ ހޮނިހިރު ދުވަހު ފަށާއިރު މާދަމާއަކީ ވޯޓުގެ ކުރިން ސަރުކާރުގެ އޮފީސް ރަސްމީކޮށް ހުޅުވާނެ އެންމެ ފަހު ދުވަހެވެ.
އެހެން ކަމުން ސިޓީ ކައުންސިލުން ވަނީ ސެޕްޓެމްބަރ 5 ވަަނަ ދުވަހުގެ މެންދުރު 12:00 އިގެ ކުރިން އައިޑީ ކާޑް ތަކުގެ ވެރިފަރާތުން ކާޑްތައް ގެންދިއުމަށް އެދިފައެވެ.

މުއްދަތު ހަމަ ނުވާ އައިޑީ ކާޑެއް ނެތި ވޯޓު ނުލެވޭނެ ކަމަށް އިލެކްޝަން ކަމިޝަނުން ވަނީ އިއްލާންކޮށްފަ އެވެ.