ވިލި މިލިއަން ޑޮލަރުގެ އިޔާދަ ކުރަނިވި ހަކަތައިގެ ޕްރޮޖެކްޓެެއް އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރި ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.
ރޭ ގައުމައިގެން ކުރިއަށް ކޯލިޝަނުން އައްޑޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓަކީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާނެ މަޝްރޫއެއް ކަަމަށެވެ. އަދި އެކަމާ ގުޅޭ ކަންކަން މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަަމަށެވެ.
ޑރ. ޝަކީލާ ވިދާޅުވީ 20،000،000 މިލިއަން ޑޮލަރުގެ އިޔާދަ ކުރަނިވި ހަކަތަ މަޝްރޫއުގެ ސަބަބުން އައްޑޫގެ ކަރަންޓްގެ 20 ޕަސެންޓް އިޔާދަ ކުރަނިވި ހަކަތަ އަށް ބަދަލުވެގެން ދާނެ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެސް އިންޑިއާގެ ސުޒްލޯން ކުންފުންޏާ ގުޅިގެން އައްޑޫގައި އިޔާދަ ކުރަނި ހަކަތައިގެ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމައި، އަމަލީ ބައެެއް މަސައްކަތްތައް ވެސް ކޮށްފައިވެ އެވެ.
އެހެން ނަމަވެސް ނަޝީދުގެ ސަރުކާރު ބަދަލުވުމަށް ފަހު، އެ ޕްރޮޖެކްޓް ވަނީ ހުއްޓިފަ އެވެ.