Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ޓްރާންސްޕޯޓުގެ ޕާމަނަންޓް ސެކްރެޓަރީ އެއްމަސް ދުވަހަށް ސަސްޕެންޑުކޮށްފި

ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒު އެއްމަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑުކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނީ ފަޔާޒާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ގަވާއިދުގެ ދަށުން މުސާރަ ލިބޭ ގޮތަށް އެއްމަސް ދުވަހަށް ފަޔާޒު ސަސްޕެންޑު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ސީއެސްސީ އިން މިއަދު ބުންޏެވެ.

ފަޔާޒު ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ސީއެސްސީ އިން ފަޔާޒާއި ގުޅޭ ގޮތުން ބަލަމުން ގެންދަނީ ކޮން މައްސަލަތަކެއް ކަމެއް ނޭނގެއެވެ.