Last Updated: April 26, 22:09
Friday, April 26, 2024
ޚަބަރު

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެމެރިކާގެ ރިިޔާސީ އިންތިހާބުގެ ފޯރި ގަދަވެފައިވާ ވަގުތެެއްގައި ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އާއި އަނބިކަބަލުން މެލޭނިއާ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޓްރަމްޕް ރަސްމީކޮށް ކޮވިޑަށް ޕޮޒިޓިވްވީކަން ހާމަކޮށްފައި މިވަނީ އޭނާ އާއިއެކު ގާތުން މަސައްކަތް ކުރި މުވައްޒަފެއް ކަމަށްވާ ހޯޕް ހިކްސް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެދި ޓެސްޓުތަކުގެ ނަތީޖާ ލިބުމުންނެ.

އުމުރުން 74ގެ ޓްރަމްޕް ހިމެނެނީ ކޮވިޑުގެ ހައި ރިސްކު ކެޓަގަރީގައެވެ. އެހެންވެ ވައިޓު ހައުސްގެ މެޑިކަލް ޓީމުގެ ބެލުމުގެ ދަށުން ޓްރަމްޕްގެ ސިއްހީ ކަންކަން ކުރިއަށްދާ ކަމަށް ވައިޓު ހައުސްއިން މައުލޫމާތު ދެެއެވެ.

އެމެރިކާއިން މިހާތަނަށް ކޮވިޑު ޖެހިގެން ދެ ލައްކަ މީހުން ވަނީ މަރުވެފައެވެ.