Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ދާންދޫގައި ހިނގި މާރާމާރީއެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

ދާންދޫގައި ރޭ ހިނގި މާރާމާރީގައި އަނިޔާ ލިބުނު މީހަކު --

ގއ. ދާންދޫގައި ހިނގި މާރާމާރީއެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދާންދޫގައި މާރާމާރީއެއް ހިންގައިގެން ރޭ 11:25 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާ ވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.