މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމް ކަމަށްވާ "ދޫމް 3" ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ފިލްމްގެ ޑިޖިޓަލް ޕޯސްޓަރު އާންމުކޮށްފައިވާ އިރު، ފިލްމްގެ ފުރަތަމަ ޓީޒާ މިއަދު ވަނީ އާންމުކޮށްފަ އެވެ.
ޑިޖިޓަލް ޕޯސްޓަރުން "ދޫމް 3" ގައި އެންމެ އެއް ރޯލް އަދި ފިލްމްގެ ވިލަންގެ ރޯލް އަދާ ކުރާ އާމިރް ހާން އެކަނި ފެނުނު ނަމަވެސް، މިއަދު އާންމު ކުރި ޓީޒާގައި "ދޫމް" އާއި "ދޫމް 2" ގެ މުހިއްމު ދެ ތަރިން ކަމަށްވާ އަބިޝެކް ބައްޗަން އާއި އުދޭ ޗޯޕްޅާ ވެސް ފެނެ އެވެ.
އަދި ފިލްމްގެ ހަމައެކަނި ބަތަލާ ކެޓްރީނާ ކެއިފް ވެސް ވަރަށް ސްޓައިލިޝް ގޮތަކަށް ޓީޒާ އިން ވަނީ ދައްކާލައިފަ އެވެ.
"ދޫމް 3" ގެ ޑައިރެކްޓަރަކީ ކުރީ ދެ ފިލްމްގެ ސްކްރިޕްޓް ލިއުނު ވިޖޭ ކްރިޝްނާ އަޗަރިއާ (ޕީޓާ) އެވެ.