Last Updated: July 25, 09:39
Saturday, July 25, 2026
ވިޔަފާރި

ގަމާއި ސޭޝެލްސް އާ ދެމެދު ސީދާ ދަތުރުތަކެއް!

ސ. ގަން އިންޓަނެޝަނަލް އެެއާޕޯޓުން ސީޝެލްސް އާއި ގަމާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ނަޒީރު ވިދާޅުވެއްޖެ އެވެ.

ދިޓީވީން ގެނެސްދިން "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ޕްރޮގްރާމެއްގައި ނަޒީރު ވިދާޅުވީ އެ ދަތުރުތައް ފެށުމުގެ ގޮތުން ސްރީ ލަންކަން އެއާލައިންސް އާ އެކު މަޝްވަރާތައް މިހާރު ކުރެވެމުން އަންނަ ކަމަށެވެ.

އެހެންވެ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ދަތުރުތައް ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ގަމުން ރާއްޖޭން ބޭރަށް ސީދާ ދަތުރުތައް މިހާރު ހަމައެކަނި ކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަން އެކަންޏެވެ،

އެގޮތުން އޮގަސްޓް މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން އަންްނަނީ ގަމާއި ކޮޮލޮމްބޯ އާ ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ.