Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 44 މީހުން

ރާއްޖެއިން މިއަދު ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވަނީ 44 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ އާއްމު ކުރި މައުލޫމާތުތައް ދައްކާ ގޮތުގައި މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިްވީ މީހުންގެ ތެރެއިން 39 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވްވެފައިވަނީ 6 ބިދޭސީއެކެވެ. މި އަދަދާއި އެކު ރާއްޖެއިން ކޮވިޑު-19އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 10398 އަށް އަރާފައެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 40 މީހަކު މާލެއިން ޕޮޒިޓިވްވެފައިވާ އިރު ބާކީ 4 މީހުންނަކީ އަތޮޅު ތެރެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންނެވެ.

ކޮވިޑު-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 9213 މީހުން ބަލިން ރަނގަޅުވެފައިވާ އިރު ފަރުވާ ދެމުން ދަނީ 1144 މީހަކަށެވެ. އޭގެ ތެރެއިން 79 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓުކޮށްގެންނެވެ. 516 މީހަކަށް ފަރުވާދެމުން އަންނަނީ ފެސިލިޓީތަކުގައެވެ.

މިހާތަނަށް މި ބަލި ޖެހިގެން ރާއްޖެއިން 34 މީހަކު ވަނީ މަރުވެފައެވެ.