Last Updated: July 25, 09:39
Saturday, July 25, 2026
ވިޔަފާރި

އައްޑޫގެ ފިޝަރީޒް ކޮމްޕްލެކްސް އަށް މެލޭޝިޔާގެ ކުންފުންޏެއް

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް (ކޭއެފްއެމް) އިން އައްޑޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅުމަށް މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ ވޮންގް ބްރަދާޒް އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކޭއެފްއެމްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު މުއްތޮލިބު ވިދާޅުވީ ހިތަދޫ ސަރަހައްދީ ބަނދަރާ ދިމާލުން ހިއްކާފައިވާ ބިމުގައި ބިނާ ކުރާ އެ ކޮމްޕެލްކްސްގައި 1،500 ޓަނުގެ ސްޓޯރޭޖަކާއި ދުވާލަކު 50 ޓަނު އުފެއްދޭ އައިސް ޕްލާންޓަކާއި ތެޔޮ ރައްކާ ކުރެވޭނެ ސްޓޯރޭޖަކާއި އަދި ކޫއްޑޫގެ އިދާރީ ބައެއް ވެސް ހެދިގެން ދާނެ ކަމަށެވެ.

އެ ޕްރޮޖެކްޓަށް 10 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.

މަސައްކަތް ފަށާތާ 10 މަސް ދުވަހުގެ ތެރޭގައި ވޮންގް ބްރަދާޒް އިން މަސައްކަތް ނިންމާ އެތަން ކޫއްޑޫ އާ ހަވާލު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.