Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

މާނޭ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ލިވަޕޫލަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ލިވަޕޫލުން ބުނީ ކޮވިޑަށް ޕޮޒިޓިވް ވުމުން މާނޭ މިވަގުތު ހުރީ އައިސޮލޭޝަނުގައި ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. މި ބައްޔަށް ޕޮޒިޓިވް ވުމުން މާދަމާ ލީގުގައި އެސްޓަންވިލާއާ ދެކޮޅަށް ލިވަޕޫލުން ކުޅޭ މެޗުގައި މާނޭ އަށް ނުކުޅެވޭނެއެވެ.

އިނގިރޭސި ލީގު ކަޕްގައި އެންމެފަހުން ލިވަޕޫލް އާއި އާސެނަލް ބައްދަލުކުރި މެޗުގައި ވެސް މާނޭ ކުޅެފައެއް ނުވެއެވެ. އެ މެޗުން ޕެނަލްޓީގައި 4-5 އިން ބަލިވެ ލިވަޕޫލް ވަނީ މުބާރާތުން ކަޓާފައެވެ.

މާނޭގެ އިތުރުން ލިވަޕޫލްއާ ދާދިފަހުން ގުޅުނު ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓްރާ ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ލީގުގައި މިހާތަނަށް ލިވަޕޫލުން ތިން މެޗު ކުޅެފައިވާއިރު އެ ތިން މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ.