Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

"ފާސްޓް އެންޑް ފިއުރިއަސް 7" ގައި ދީޕިކާ

ހޮލީވުޑްގެ ކާމިޔާބް ފްރެންޗައިޗް "ފާސްޓް އެންޑް ފިއުރިސް" ސިލްސިލާގެ ހަތް ވަނަ ފިިލްމަށް ބޮލީވުޑްގެ ބަތަކާ ދީޕިކާ ޕަދްކޯން ސޮއިކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބް ބަތަލާއިންގެ ތެރޭގައި ހިމެނޭ އަދި އެންމެ ފަހުން ރިލީޒްވި ތިން ފިލްމް ވެސް "100 ކްރޯޑް ކުލަބް" އަށް ވަދެފައިވާ ދީޕިކާ "ފާސްޓް އެންޑް ފިއުރިއަސް 7" އަށް ސޮއިކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައި މި ވަނީ އެ ފިލްމްގެ ބަތަލާއަކަށް ބޮލީވުޑްގެ ބަތަލާއަކު ހޯދަމުން އަންނަ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ފާސްޓް އެންޑް ފިއުރިއަސް 7" އަށް ދީޕިކާ ނަގާފައި ވަނީ އިންޑިއާގައި ހެދި އޮޑިޝަންތަކަކަށް ފަހު އެވެ.

މިއީ 100 ޕަސެންޓް ސައްހަ ހަބަރަކަށް ވެގެން ގޮސްފި ނަމަ ދީޕިކާ ފެނިގެން ދާނީ ހޮލީވުޑްގެ ތަރިން ކަމަށްވާ ވިން ޑީސެލް، ޖޭސަން ސްޓެތަމް (ރޮކް) އާއި ވޭން ޖޯންސަން އާ އެކުގަ އެވެ.

މި ފިލްމްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

މި އަހަރު ރިލީޒްވެ، ބޮޑު ކާމިޔާބީއެއް ހޯދި "ރޭސް 2" އާއި "ޔެ ޖަވާނީ ހޭ ދީވާނީ" އާއި "ޗެންނައި އެކްސްޕްރެސް" އަށް ފަހު ދީޕިކާ މިހާރު އަންނަނީ ޝާހްރުކް ހާނާ އެކު ފަރަހް ހާން ޑައިރެކްޓް ކުރާ "ހެޕީ ނިއު އިޔާ" ގެ މަންޒަރުތައް ދުބާއީގައި ނަގަމުންނެވެ.