Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ހައްޔަރުކުރި އިންޑިއާ މީހާ ކޯޓުން ދޫކޮށްލައިފި

މަސްތުވެގެން މާލޭގެ މަގުމައްޗަށް ވެއްޓިފައި އޮތްވާ ރޭ ފުލުހުންގެ ހައްޔަރަށް ގެންދިޔަ މީހާ ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަރަށް ގެންދިޔައީ އިންޑިއާގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައި ކަމަށެވެ.

ބަންދުން ދޫކޮށްލި ނަމަވެސް އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެ މީހާ ވެއްޓިފައި އޮތީ މާލޭގެ އަބަދަށް ފެހި މަގަށެވެ. އެ މީހާ ވެއްޓިފައި އޮތް އިރު އޭނާ ވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ވެސް ވާހަކަތަކެއް ދައްކާފައެވެ. އެ ވަގުތު އެ ސަރަހައްދުގައި ގިނަ ބަޔަކު ތިއްބެވެ.