Last Updated: March 29, 10:59
Friday, March 29, 2024
ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބިލިއަން ޑޮލަރުގެ ޑްރަގު އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ބައިނަލް އަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޕާކިސްތާނު ނޫހެއް ކަމަށްވާ ބީއޯއެލް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެން ފައިވަނީ ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ގިނަ ގައުމުތައް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

އެ. ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަސްތުވާތަކެތި ޓްރެފިކް ކުރާ ބައިނަލްއަގްވާމީ ބޮޑު ނެޓްވޯކެއްގެ ބަޔަކު އަތުލައިގެންފައިވަނީ އަރަބި ކަނޑާއި، ރާއްޖޭގެ ކަނޑު ގުޅޭ ސަރަހައްދުން އެތަކެތި ހިފައިގެން ދަތުރުކުރަމުން ދަނިކޮށެވެ. މި އޮޕަރޭޝަންގައި މީހުން ހައްޔަރު ކުރި މަންޒަރާއި ފޮޓޯ އެނޫސްތަކުން ވަނީ އާއްމުކޮށްފައެވެ.

އާއްމުކޮށްފައިވާ ފޮޓޯތަކުން ޑިންގީން ދަތުރު ކުރި މީހަކު ބިޑި އަޅުވާފައިވާ މަންޒަރު ފެންނަ އިރު އިތުރު ވީޑިއޯއަކުން ޑިންގީގައި ހުރި ތަކެތި ކަނޑަށް އުކާލާފައިވާ މަންޒަރު ފެނެއެވެ.

މި އޮޕަރޭޝަން ރާއްޖޭގައި ކުރިއަށްގެންދާ ކަމަށާއި، މި ނެޓްވޯކާއި ގުޅުން ހުރި ބައެއް މީހުން ރާއްޖެއިން ހައްޔަރުކޮށްފައިވާ ކަމަށް ޕާކިސްތާނު މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

މި އޮޕަރޭޝަނާއި ގުޅޭ ގޮތުން ފުލުހުން އަދި ރަސްމީކޮށް ވާހަކަ ދައްކާފައި ނުވެއެވެ. ކަމިޝްނާ އޮޕް ޕޮލިސް މުހައްމަދު ހަމީދު ވަނީ އައްޑޫގައި ޑްލަގު ބޮޑު އޮޕަރޭޝަނެއް ހިންގައި، މަސްތުވާތަކެއްޗާއި އެކު ބަޔަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައެވެ.