މަދާމާ މުޅި ރާއްޖޭގައި ފަށާ ރިއާސީ އިންތިހާބުގައި ފުލުހުންގެ ހައްޔަރުގައި ތިބި މީހުންނަށް ލިބެންޖެހޭ ވޯޓު ލުމުގެ ހައްގު ދޭނެ ކަމަށް ދެކުނުގެ ޕޮލިސް ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަނުން ޝިފާން ވިދާޅުވީ ފުލުހުން އެއްވެސް މިހެއްގެ ވޯޓުލުމުގެ ހައްގު ނިގުޅައި ނުގަންނާނެކަމަށެވެ. އަދި ވޮޓުލާ ދުވަހުގެ މާހައުލަށް ބަލައި ހައްޔަރުގައި ތިބި އެންމެނަށް ވޯޓު ލުމުގެ ފުރުސަތު ދޭނެކަމަށެވެ.
އައްޑޫގައި ފުލުހުން އެމްޑީޕީގެ އިސް އެކްޓިވިސްޓުން ހައްޔަރު ކުރަން އުޅޭ ކަމަށް ބުނެ އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިޤް (ސޯބެ) ވަނީ ކަންބޮޑު ވުން ފާޅުކޮށްފައެވެ.
ޝިފާން ވިދާޅުވީ ވޯޓުލާ ދުވަހަކީ އެންމެ ދުވަހެއް ކަމަށާއި އެދުވަހާއި އެހެން ދުވަސްތަކޭ ފުލުހުންނަށް ތަފާތެއް ނެތްކަމަށެވެ.
"އަޅުގަނޑުމެންނަށް ވޯޓުލާ ދުވަހެކޭ އެހެންދުވަހެކޭ ތަފާތެއް ނެތް. ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން އަޅުގަނޑުމެނ ފޯރުކޮށްދޭނަން. ވޯޓުލާ ދުވަހޭ ކިޔާފައި ފުލުހުންގެ ވަޖިބް އަދާނުކޮށް ނުތިބޭނެ"
ޝިފާްން ވިދާޅުވީ މިހާތަނަށް ޕާޓީތަކުން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް އޮމާން ކަމާއި ސުލްހަވެރި ކަމާއެކުގައި ކަމަށާއި ކެމްޕޭނާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ނުކުރާ ކަމަށެވެ.
އަދި މިހާތަނަށް ސިޔާސީ ޕާޓި ތަކުގެ އިސްވެރިން ދެއްކެވި ނަމޫނާ އިންތިހާބް އޮންނަ ދުވަހާއި އޭގެ ފަހުން ތަކުރާރު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝިފާން ވިދާޅުވިއެވެ.