Last Updated: June 15, 18:01
Monday, June 16, 2025
ޚަބަރު

ތައުބާ ވީކަމަށް ބެލެވޭނީ ރައްޔިތުންގެ ފައިސާ ހަވާލުކުރުމުން: ގާޒީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތައުބާވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދިފައިވި ނަމަވެސް ތައުބާވި ކަމަށް ބެލެވޭނީ ރައްޔިތުންގެ ފައިސާ އަނބުރާ ހަވާލުކުރުމުން ކަމަށް ގާޒީ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

މިރޭ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ އަދީބުގެ ހުކުމް އިއްވުމުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ އަރައިގަނެވިފައިވަނީ އެތައް ރައްޔިތުންގެ ހައްގަށް ކަމަށާއި ރައްޔިތުންނަށް އިންސާފު ލިބޭނީ އެފައިސާ އަނބުރާ ދިނުމުން ކަމަށެވެ.

ޒުވާނެއްގެ ގޮތުގައި އަދީބު މަގާމަށް ވަޑައިގެންނެވި ގޮތް ހަނދުމަ ކުރެއްވުމަށް ވެސް ގާޒީ ވަނީ އަދީބަށް ނަސޭހަތްތެރިވެފައެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި އަދީބަށް ދައުލަތުން ކުރި 7 ދައުވާއަށް އިއުތިރާފު ވެފައިވާއިރު މިރޭ ކުރިއަށްދާ ހުކުމް އިއްވުމުގެ މަޖިލީހުގައި ގާޒީވަނީ ދައުވާގެ ކުށަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.