މާދަމާ ފަށާ ރިއާސީ އިންތިހާބްގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 22،977 މީހުން އައްޑުގައި ތިބި ކަމަށް އިލެކްޝަން ކަމިޝަނުން ހާމަ ްކުރި ވޯޓާސް ލިސްޓުން ދައްކައިފި އެވެ.
އިލެކްޝަނުން އެންމެ ފަހަށް ހާމަކުރި ލިސްޓަށް ބަލާ އިރު މާލޭގައި ގާއިމްކޮށްފައިވާ އައްޑޫގެ 7 ވޯޓު ފޮށްޓަށް 4،959 މީހުން ވޯޓު ލާނެ އެވެ.
ހިތަދޫގައި ބަހައްޓާ 15 ވޯޓު ފޮށްޓަށް ވޯޓުލުމަށް 7،725 މީހުން ލިސްޓް ކުރެވިފައިވާ އިރު މަރަދޫގެ ތިން ވޯޓު ފޮށްޓަށް ވޯޓުލުމަށް 1،720 މީހުން ލިސްޓް ކުރެވިފައިވެ އެވެ.
މަރަދޫ ފޭދޫގެ 2 ވޯޓު ފޮށްޓަށް 825 މީހުން ވޯޓުލުމަށް ކަނޑައަޅާފައިވާ އިރު ފޭދޫ ވޯޓުފޮށްޓަށް 2،459 މީހުން ވޯޓުލުމަށް ލިސްޓްވެފައިވާއިރު ހުޅުދޫގެ 3 ވޯޓު ފޮށްޓަށް 1،145 މީހުން ވޯޓު ލުމަށް ވަނީ ލިސްޓް ކުރެވިފައިވެއެވެ.
މީދޫއަށް ވޯޓުލުމަށް ލިސްޓް ކުރެވިފައިވަނީ 1293 މީހުންނެވެ.
އައްޑު އަށް ވޯޓު ލުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު އިއްޔެ އާއި މިއަދު ވަނީ އައްޑޫއަށް އައިސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓު ލުމަށް މެގަ މޯލްޑިވްސްގެ 5 ޗާޓަރު ފްލައިޓް މިއަދާ މާދާމާ އައްޑު އަށް ދަތުރު ކުރާނެ އެވެ.