Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ކޮވިޑު-19: މިއަދު ޕޮޒިޓިވްވީ 54 މީހުން!

ކޮވިޑު-19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 54 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ފާއިތުވި 24 ގަޑިއިރު ތެރޭ މާލެ ސަރަހައްދުން 52 މީހަކު އަދި އަތޮޅުތަކުން 2 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ރާއްޖޭގެ ކޮވިޑު ހާލަތަށް ބަލާއިރު މިހާރު ހޮސްޕިޓަލްގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުން އަންނަނީ 68 މީހަކަށެވެ. 9466މީހަކު ބަލިން ރަނގަޅުވެފައިވާ އިރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 10621 އަށް އަރާފައެވެ.