Last Updated: April 27, 06:00
Saturday, April 27, 2024
ޚަބަރު

ފޭދޫ ރަށިކެޑެ ބީޗު އާއްމުންނަށް ހުޅުވައިފި

ފޭދޫ ރަށިކެޑެ ބީޗު އާއްމުންނަށް ހުޅުވާލައިފިއެވެ.

ގަމާއި، ފޭދޫ ގުޚޅޭ ހިސާބުގައި ހަދާފައިވާ ބީޗު އާއްމުންނަށް ހުޅުވާލާފައިވަނީ އިއްޔެ ހަވީރުއެވެ.

ރަށިކެޑެ ބީޗު ރަސްމީކޮށް ހުޅުވާފައިވަނީ "މިވަރުންވޭށީ" ނަމުގައި އަމިއްލަ އޮންލައިން ކުދި ވިޔަފާރިތަކުގެ ހާއްސަ އިވެންޓަކާއި އެކުއެވެ. ކުދި ބޮޑު އާއިލީ ހަވީރެއްގެ ގޮތުގައި ބޭއްވުނު މި އިވެންޓަށްވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ.

އިއްޔެގެ އިވެންޓަށް ދިޔަ މީހުންގެ ތެރެއިން ވިޔަފާރި ސްޓޯލްތަކަށް ޒިޔާރަތް ކުރި ފަރާތްތަކުގެ މެދުގައި ބޭއްވި ލަކީ ޑްރޯއިން އެއްވަނަ އަށް ދިޔަ ފަރާތައް "މާކުންބެ ޕެކް" ވައުޗާއެއް ވަނީ ދީފައެވެ. މިއީ މި އިވްނެޓުގައި ބައިވެރިވި ހުރިހާ ކުދި ވިޔަފާރިތަކުގެ އިނާމު ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އިނާމެކެވެ.


މީގެ އިތުރުން އިއްޔެއިން ފެށިގެން ދެ ދުވަހު ރަށިކެޑެ ބީޗުގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އިނާމު ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފައެވެ. އެގޮތުން ބީޗުގެ ފޮޓޯ ސޯޝަލް މީޑިއާގައި "ފޭދޫ ރަށިކެޑެ އަތިރި"، ނުވަތަ "އިންސްޓާ ވޯތު ވޭހެއް" ޖެހުމަށް ފަހު ޝެއާ ކުރާ ފަރާތްތަކުގެ ފޮޓޯތަކުގެ ތެރެއިން އެންމެ ގިނަ ލައިކު ލިބޭ ތިން ފަރާތަކަށް ވަނީ އިނާމު ހުށަހަޅާފައެވެ. އެގޮތުން އެއްވަނަ އިނާމަށް އެލީ ބިސްޓްރޯއިން ހަތަރު މީހަކަށް ކެއުން ލިބޭ އިރު ދެވަނަ ފަރާތަކަށް މަޖޯއިއިން ގިފްޓު ހެމްޕާއެއް އަދި ތިނަވަނަ ފަރާތަކަށް ޑިމިޓީ ޝޮޕުން ހުށަހަޅާ ގިފްޓު ވައުޗައެއް ވަނީ ހުށަހަޅާފައެވެ.

ފޭދޫ ރަށިކެޑެ ބީޗަކީ އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އިސްނަގައިގެން ތައްޔާރުކޮށްފައިވާ ބީޗެކެވެ.