Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

އައްޑޫގެ ހުރިހާ ވޯޓު ފޮށްޓެއް ވެސް އަންނި އަށް!

ކުރީގެ ރައީސް ނަޝީދް.

އިއްޔެ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ރިއާސީ އިންތިހާބްގެ ވަގުތީ ނަތީޖާ އިން އައްޑޫގެ ހުރިހާ ފޮށްޓަކުން ވެސް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ކުރި ހޯއްދަވައިފި އެވެ.

ރިއާސީ އިންތިހާބްގައި ވޯޓުލުމަށް އައްޑޫގައި ބެހެއްޓި 32 ވޯޓު ފޮއްޓަށް ޖުމްލަ 12،611 މީހުން ވޯޓުލާފައިވާ އިރު ވަގުތީ ނަތީޖާއިން ނަޝީދު ވަނީ 6،734 ވޯޓު ހޯއްދަވާފައެވެ. އެއީ ވޯޓުލީ އާބާދީގެ 53 އިންސައްތަ އެވެ.

އައްޑޫގައި ބެހެއްޓި ވޯޓު ފޮށިތަކަށް 12،841 މީހުން ވަނީ ވޯޓު ލާފައެވެ. މި އިންތިހާބްގައި ނަޝީދު ވަނީ މުޅި ރާއްޖޭން 94،316 ވޯޓު ހޯއްދަވާފަ އެވެ. އެއީ ވޯޓު ދިން އާބާދީގެ 45.2 އިން ސައްތަ އެވެ.

މި އިންތިހާބްގައި ނަޝީދު އާއި އެކު ދެވަނަ ބުރައް ގޮސްފައިވަނީ ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއެވެ. އެމަނިކުފާނަށް އައްޑޫއިން ލިބިވަޑައިގެންފައިވަނީ 2،395 ވޯޓެވެ. އެއީ ގާތްގަޑަކަށް 19 އިން ސައްތަ ވޯޓެވެ.

ޔާމީން އަށް މުޅި ރާއްޖޭން ލިބިވަޑައިގެންފައި ވަނީ 53،093 ވޯޓެވެ.