Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

"އިންތިހާބު ކުރިއަށް ދިޔައީ ވަރަށް އޮމާންކޮށް"

ރިޔާސީ އިންތިހާބު ތެރޭގައި ފުލުހުން އައްޑޫގައި ހަރަކާތްތެރި ވަނީ. ފޮޓޯ/ އައްޑޫ ލައިވް

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ކުރިޔަށް ގެންގޮސް ރައްޔިތުންގެ މެދުގައި ޞުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށް ފުލުހުން ކުރަމުން ދިޔަ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބިގެން ދިޔަ އެއްބާރުލުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ޝުކުރު އަދާކުރައްވައިފި އެވެ.

ރިޔާޒް ފާހަގަ ކުރެއްވި ގޮތުގައި އިންތިޚާބުގެ ކަންކަން އަމާންކަމާއި ޞުލްޙަވެރިކަމާ އެކު ނިމިގެން ދިޔައީ ޤައުމުގެ ޞުލްޙަ މަސަލަސްކަމަށް އިސްކަންދީގެން ރައްޔިތުން މަސައްކަތް ކުރުމުން ކަމަށެވެ.

އެގޮތުން އިންތިހާބުގެ ފުރަތަމަ ބުރު ނިމިގެން ދިޔައީ އެއްވެސް ހަމަނުޖެހުމެއް ނުހިނގައި ވަރަށް ޞުލްޙަވެރި އިންތިޚާބެއްގެ ގޮތުގައިކަން ސީޕީ ފާހަގަ ކުރެއްވި އެވެ.

ރިޔާޒް ވަނީ ރައްޔިތުންނަށާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ޕާޓީތަކުގެ މަންދޫބުންނަށް ވެސް ޝުކުރު ދަންނަވާފަ އެވެ.