Last Updated: May 19, 18:46
Sunday, May 19, 2024
ޚަބަރު

ދިވެހިންނަށް 100 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އެމްޓީސީސީން

އެމްޓީސީސީގެ އެމްޑީ އާޒިމް ބައެއް މުވައްޒަފުންނާއެކު --

ދިވެހިންނަށް ހާއްސަކޮށްގެން އެމްޓީސީސީ އިން 100 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ހުޅުވާލައިފިއެވެ.

އެމްޓީސީސީ އިން ވަޒީފާތައް އިއުލާން ކޮށްފައި ވަނީ ރާއްޖޭގެ އެކި ރަށްތަކަށެވެ. އެގޮތުން ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ރ. އުނގޫފާރު، ރ. ދުވާފަރުގައި އެ ކުންފުނީގެ މަސައްކަތްތައް ކުރުމަށް ވަނީ ވަޒީފާގެ ފުރުސަތު ހުޅުވާލައިފައެވެ.

ވަޒީފާގެ ފުރުސަތު ހުޅުވާލާފައި ވަނީ ލޭބަރުންނާއި އެކްސްކަވޭޓަރު އޮޕަރޭޓަރުންނާއި ޕިކަޕް ޑްރައިވަރުން އަދި އިލެކްޓްރިޝަނުންނަށެވެ.

އެމްޓީސީސީ އިން އަންނަނީ ދިވެހިންނަށް އަމާޒުކޮށްގެން މީގެކުރިންވެސް ގިނަ ވަޒީފާގެ ފުރުސަތުތައް ހުޅުވާލައިފައެވެ. ދާދިފަހުން އެކުންފުނީގެ މަހާ ޖައްރާފުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ހުސް ދިވެހިން ކަމަށް ވަނީ ކަނޑައަޅާފައެވެ.