ކަރީނާ ކަޕޫރާއި އިމްރާން ހާން ލީޑް ރޯލް ކުޅޭ "ގޯރީ ތެރެ ޕިޔާރް މޭ" ނޮވެމްބަރު މަހުގެ 22 ގައި ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމަކީ އެ ދެ ތަރިން އެކުގައި ފެންނަ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ދަރްމާ އިން 2011 ވަނަ އަހަރު ގެނެސް ދިން "އެކް މޭ އޯރް އެކް ތޫ" އެވެ.
"ގޯރީ ތެރެ ޕިޔާރް މޭ" އަކީ ދަރްމާ އިން 2009 ވަނަ އަހަރު ގެނެސް ދިން "އައި ހޭޓް ލަވް ސްޓޯރީ" ގެ ޒުވާން ޑައިރެކްޓަރު ޕުނީތު މަލްއުތުރާގެ ދެވަނަ ފިލްމެވެ.
މި ފިލްމްގެ ފުރަތަމަ ޕޯސްޓަރު ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. ފިލްމްގެ ސްކްރިޕްޓާއި ޑައިލޮގް ތައްޔާރުކޮށްފައި ވަނީ ޕުނިތު އާއި އަރްޝަދު ސައްޔިދް އެވެ.
"ގޯރީ ތެރެ ޕިޔާރް މޭ" ގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ ވިޝާލް/ޝޭކަރު އެވެ. ލިރިކްސް ހަދައި ދީފައި ވަނީ އަންވިތާ ދަތު، ކައުސަރު މުނީރު އަދި ކުމާރެވެ.