Last Updated: October 28, 16:23
Wednesday, October 28, 2020
ޚަބަރު

ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

ފުނަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީ-- ފޮޓޯ: ހެލްތް މިނިސްޓްރީ

ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު މިއަދު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މިއަދު މެންދުރުފަހު 3:50 ގައި 80 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 37ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އިއްޔެ ރާއްޖެއިން މި ބައްޔަށް 24 މީހަކު ޕޮޒިޓިވްވިއެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުން ގިނައެވެ. އެގޮތުން އިއްޔެ 102 މީހަކު ބަލިން ރަނގަޅުވިއެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 11,178 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވެސް މިހާރު ވަނީ 10،097 އަށް އަރާފައެވެ.