Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މިއަދު ޕޮޒިޓިވްވީ 32 މީހުން

މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ: ފޮޓޯ / ސަން

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 32 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި 27 ދިވެހިންނާއި 5 ބިދޭސީން ހިމެނޭ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނާއި އަތޮޅުތަކުންނެވެ. އެގޮތުން މާލެ ސަރަހައްދު 21 މީހަކު ޕޮޒިޓިވްވިއިރު އަތޮޅުތަކުން 11 މީހަކު ވަނީ މިއަދު ޕޮޒިޓިވްވެފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1002 ކޭސް އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 39 މީހަކަށް ކަމަށްވާއިރު 37 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.