Last Updated: April 19, 21:20
Friday, April 19, 2024
ޚަބަރު

ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި

ށ. ފޯކައިދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި ޒުވާބެއްގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 43 އަހަރުގެ ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށާއި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.