Last Updated: July 25, 09:39
Saturday, July 25, 2026
ސިޔާސީ

"ނަތީޖާ ގަބޫލެއް ނުކުރަން"

ރިޔާސީ އިންތިހާބުހެ ނަތީޖާ ގަބޫލް ނުުކުރައްވާ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާގެ ޓްވިޓާގައި ވަރަށް ސާފުކޮށް ވިދާޅުވެފައި ވަނީ "ރިޔާސީ އިންތިހާބްގެ ނަތީޖާ ގަބޫލެއް ނުކުރަން" ކަމަށެވެ. އިތުރު އެއްވެސް ވާހަކައެއް ޓްވިޓާގައި އިތުރަށް ގާސިމް ވިދާޅުވެފައެއް ނުވެ އެވެ.

ޖުމްހޫރީ ގުޅުމުން ދާދި ދެންމެެއަކު ބުނެފައި ވަނީ ނަތީޖާގެ މައްސަލަ މާދަމާ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

އެ ކޯލިޝަނުން ތުހުމަތު ކުރާ ގޮތުގައި އިންތިހާބުގައި 10،000 ވޯޓް ވަނީ އޮޅުވާލައިގެން އިތުރަށް ލައިފަ އެވެ.

އެހެން ނަމަވެސް އިލެކްޝަން ކޮމިޝަނުުން ބުނެފައި ވަނީ އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.