Last Updated: March 29, 16:28
Friday, March 29, 2024
ޚަބަރު

އައްޑޫ އިން ކޮވިޑް ޖެހުނު އެންމެން ރަނގަޅުވެއްޖެ

އައްޑޫ ސިޓީ އިން ކޮވިޑް19 ޖެހުނު ހުރިހާ ބަލި މީހުން، އެ ބަލިން މިހާރު ރަނގަޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރުމަށް އިންޑިއާ އިން އައިސްފައިވާ 50އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ. އަދި ކަރަންޓީނުގެ އުސޫލުތަކާއި ހިލާފުވެގެން ކޮންޓެކްޓުވި ފަރާތެއްވެސް މި ބައްޔަށް ޕޮޒިޓިވްވިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނީ އައްޑޫ ސިޓީ އިން ބަލި ޖެހުނު ހުރިހާ އެންމެން ވެސް މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

މިހާރު އެއްރަށަކުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ރަށަކީ ލ. ކައްދޫއެވެ. އެރަށުން 33 މީހަކަށް ބަލި ޖެހިފައިވާއިރު ދެވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ މީހުން ތިބި ރަށަކީ ކުޅުދުއްފުށި ސިޓީއެވެ.