Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

"ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުން ވޯޓްލި"

ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އެންމެނަށްވެސް ހޮނިހިރު ދުވަހު ބޭއްްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސައި ދެވުނު ކަމަށާއި ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ފުލުހުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރިޔާޒް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ވޯޓުލުން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި އެކަން ކުރެވޭނެ އުޞޫލުތައް އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށްފައި ވާނެ ކަމަށެވެ. އަދި އެއްވެސް ކަމެއް ކަނޑައެޅިފައިވާ އުޞޫލާ ޚިލާފަށް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ފުލުހުންގެ ކޮންސަޓަބަލުން ފެށިގެން އެންމެ އިސް އޮފިސަރުންނާ ހަމައަށް ވެސް ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައިވާ ކަަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ އަމަން އަމާންކަމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.