Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ައަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ސޮއިކުރަން ފަށައިފި

އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މީކާއިލް ސޮއި ކުރަނީ --

ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ނުވި ނަމަވެސް އަމީނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއި ކުރަން ފަށައިފިއެވެ.

އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއި ކުރަން ފަށާފައިވާއިރު ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެގި ވޯޓުން ފާސްވީ އަމީނުގެ އިތުބާރު އޮތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީން އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާ އެއްކޮޅަށް ވޯޓު ދެއްވީ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމަށް ވަޑައިގެންނެވި 58 މެމްބަރުންގެ ތެރެއިން 31 މެމްބަރުންނެވެ.

މި މައްސަލަ އެމްޑީޕީގެ ޕީޖީ އަށް ހުށަހަޅުއްވާނެ ކަމަށް މީގެކުރިން ވެސް ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވ ހެލްތް މިނިސްޓަރު އަމީން ފާޅުކަން ބޮޑު ގޮތެއްގައި ވައްކަންކޮށް، ރައްޔިތުންގެ މުސާރަ ނަގައިގެން އިތުރަށް މަގާމުގައި ހުރުމަށް ނޭދޭތީ، އޭނާގެ އިތުބާރު ނެތް ކަމަށް މަޖިލިސް ތަޅުމަށް ހުށަހެޅުމަށް އޭނާ ސޮއި ކުރައްވާފައިވާ ކަމަށެވެ.

އެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުން އަންނައިރު ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްވިޔަސް އަދި ނުވިޔަސް އަމީނު ވަކި ކުރައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.