Last Updated: March 29, 13:37
Friday, March 29, 2024
ޚަބަރު

މިހުރީ ވައްކަމާއި އަނިޔާވެރި ކަމާއި ދެކޮޅަށް: އަހުމަދު ރަޝީދު

ރައްޔިތުން އެދޭ ގޮތަށް މިހުންނެވީ ވައްކަމާއި ދެކޮޅަށް ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އަހުމަދު ރަޝީދު މިފަދައިން ވިދާޅުވިއިރު ވެންޓިލޭޓަރު މައްސަލާގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު މަގާމުން ވަކި ކުރުމުގެ މަސައްކަތް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ ކުރަމުންނެވެ.

އަހުމަދު ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ހުންނެވީ ދާއިރާގެ ރައްޔިތުން އެދޭ ގޮތަށް ވައްކަމާއި އަނިޔާވެރިކަމާއި ދެކޮޅަށް ކަމަށެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ފާސްވީ އަމީނުގެ އިތުބާރު އޮތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީން އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާ އެއްކޮޅަށް ވޯޓު ދެއްވީ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމަށް ވަޑައިގެންނެވި 58 މެމްބަރުންގެ ތެރެއިން 31 މެމްބަރުންނެވެ.

އެހެންނަމަވެސް އެ ބައްދަލުވުމުގެ ނިންމުމާއި ހިލާފަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރައްވާ 24 މެންބަރުންގެ ސޮއި ހަމަ ކުރައްވާފައެވެ. އެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ވައްދާފައެވެ.