ސ. ހިތަދޫ މާމެންދޫ ސަރަހައްދުން މިދިޔަ މަހުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލުން ގޯތި ދޫކުރަން ކުރި އިއުލާނާ ގުޅިގެން އެ ސަރަހައްދުން މީގެ ކުރިން ގޯތި ލިބުނު މީހަކު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ކޯޓުން އެ މައްސަލާގައި ވަކި ގޮތެއް ނިންމަންދެން ގޯތި ދޫކުރުން މަޑު ޖައްސާލުމަށް ކައުންސިލްގެ އިންފްރާސްޓްރަކްޗަ ޑިޕާޓްމަންޓްގެ މައްޗަށް މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.
ދެހާސް ވަނަ އަހަރު ހިތަދޫ ޒެނާނާ އިބްރާހީމް ނަސީރު އަށް މާމެންދޫގެ 437 ވަނަ ނަމްބަރު ބްލޮކުން ދޫކޮށްފައިވާ 1،047 ނަމްބަރު ގޯތި ސަރުކާރުގެ ބޭނުމަށް ނަގާފައިވާ ކަމަށް އަންގާފައި ވަނީ ޖޫން 28، 2011 ގަ އެވެ. ސާކް ސަމިޓް ބާއްވަން އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އިމާރާތް ކުރަން 2011 ވަނަ އަހަރު މާމެންދޫން 700 އަށް ވުރެ ގޯތި ވަނީ ދައުލަތަށް ނަގައިފަ އެވެ. ފަހުން ބަދަލު ދޭނެ ކަމަށް ބުނެފަ އެވެ.
މާމެންދޫން އަލުން 3،000 އަކަފޫޓްގެ ގޯތި ދޫކުރަން އިއުލާން ކުރީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ. އެ އިއުލާނުގައިވާ ގޮތުން މާމެންދޫން ގޯތި ދޫކުރަން ނިންމާފައި ވަނީ ބޯހިޔާ
ަެއެެހެންވެ ނަސީރު ހުސަހެޅި މައްސަލަ ބަލައި ނިމުމުގެ ކުރިން ގޯތި ދޫކޮށްފި ނަމަ އޭނާ އަށް ލިބެން ޖެހޭ ހައްގެއް ނުލިބި ދާނެ ކަމަށް ހީވާތީ އާއި މިގޮތަށް މިކަން އޮވެއްޖެ ނަމަ ނަސީރަށް ލިބެންވާ ހައްގެއް ގެެއްލިގެން ހިނގައި ދާނެ ކަމުގެ ބިރު އޮތް ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް މަރިޔަމް ވަހީދު ނެރުއްވި އަމުރުގައި ބުނެފައިވެ އެވެ.
"ގަޟިއްޔާގެ ޝަރީއަތް ކުރިއަށް ކުރިއަށް ދަނިކޮށް އަދި މި ދައުވާ އާ ގުޅިގެން ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅާފައި ނުވަނީސް ދައުވާގައި އިޝާރާތް ކުރެވޭ މުއާމަލާތް އެގޮތުގައި ހިންގުމަށް ފުރުސަތު ދެވިފައި އޮތުމަކީ އެކަމުގައި އެންމެ އަދުލުވެރިކަން ގާތްގޮތް ކަމުގައި ނުވާތީ އާއި އެ ފުރުސަތު ދެވިއްޖެ ނަމަ ދައުވާ ކުރާ ފަރާތަށް އިޔާދަ ނުކުރެވޭނެ ގެެއްލުންތަކެއް ވެދާނެ ކަމަށް ޝަރީއަތަށް ފެންނާތީ" ގޯތި ދޫކުރަން ކުރި އިއުލާނަށް އަމަލު ކުރުން ފަސް ކުރުމަށާއި އެ އިއުލާނާ ގުޅިގެން އެއްވެސް ކަމެެއް ނުުރުމަށް ކައުންސިލްގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗަ އަށް އަންގައި އަމުރު ކުރާ ކަމަށް މިއަދު ނެރުނު ކޯޓް އަމުރުގައިވެ އެވެ.