Last Updated: April 26, 20:10
Friday, April 26, 2024
ޚަބަރު

ގޯ އެއާ އިން ރާއްޖެއަށް ދަތުރު ފަށަން ނިންމައިފި

އަވަށްޓެރި އިންޑިއާގެ އެއާލައިން އެއް ކަމަށްވާ ގޯ އެއާ އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

ގޯ އެއާ އިން ވަނީ މީގެކުރިން ރާއްޖެ އަށް ދަތުރުތައް ބާއްވާފައެވެ. އަލުން ދަތުރުތައް ފަށާއިރު އިންޑިއާގެ ބެންގަލޫރު، މުމްބާއީ އަދި ދިއްލީ އާއި މާލެ އާއި ދެމެދު އެ އެއާލައިނުން ދަތުުރުތައް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މުމްބާއީ އާއި މާލެ އާއި ދެމެދު ކުރާ ދަތުރުތައް ހަފްތާއަކު ހަތަރު ދުވަހަށް ބާއްވާނެއެވެ. އެއީ ހޮނިހިރު، އާދީއްތަ، ބުދަ އަދި ބުދަ، ބުރާސްފަތި މި ދުވަސްތަކެވެ. ދިއްލީ އާއި މާލެ އާއި ދެމެދު ހަފްތާއަކު ތިން ދަތުރު ބާއްވާއިރު އެ ދަތުރުތައް ކުރާނީ އާދިއްތަ ބުދަ، އަދި ބުރާސްފަތި ދުވަހުއެވެ.

ގޯ އެއާއިން ރާއްޖެ އަށް ދަތުރުތައް ކުރަން ހަމަޖެހިފައިވާއިރު ރާއްޖެއާ އިންޑިއާ އާއި ދެމެދު އެއާ ބަބުލް އެއް ގާއިމް ކުރުމަށް ވަނި ނިންމާފައެވެ. އެ އެއާ ބަބުލްގައި އެއާ އިންޑިއާ އާއި ސްޕައިސް ޖެޓް އަދި އިންޑިގޯ އިންވެސް ރާއްޖެއަށް ދަތުރުތައް ކުރާނެއެވެ.