Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ސަރުކާރު ކޯލިޝަން އޮތްތޯ ސައުދު ސުވާލު އުފައްދައިފި

އަހުމަދު ސައުދު

ސަރުކާރު ހިންގަނީ ކޯލިޝަނެއްގެ ތެރެއިންތޯ ސަރުކާރު ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނާއިބު ރައީސް އަހުމަދު ސައުދު ސުވާލު އުފައްދައިފިއެވެ.

ސައުދު މިފަދައިން ސުވާލު އުފެއްދެވީ ހެލްތު މިނިސްޓްރީ އަކީ އެޕާޓީގެ ސްލޮޓަކަށްވެ ހެލްތު މިނިސްޓަރުކަމުން އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް އެމްޑީޕީގެ އިސް ބޭފުޅަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވުމުންނެވެ.

ރައީސް ސޯލިހު މިއަދު އެ މަގާމަށް އައްޔަން ކުރެއްވީ އަހުމަދު ނަސީމް (ކެރަފާ ނަސީމް) އެވެ. ނަސީމް އެ މަގާމަށް އައްޔަން ކުރެއްވުމުން އެމްޑީޕީ މެންބަރުން ސޯޝަލް މީޑިއާގައި އަންނަނީ ނަސީމަށް ވަރަށް މަރުހަބާ ކިޔަމުންނެވެ. ހާއްސަކޮށް އެޕާޓީގެ ރައީސް، އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހުންނެވީ ހިތްޕުޅު ހަމަޖެހިގެންނެވެ.

https://twitter.com/ammadaysaud/status/1319237433226088450?s=20

އެކަމާއި ގުޅިގެން ޖޭޕީގެ ނާއިބު ރައީސް އަހުމަދު ސައުދު ވަނީ ކޯލިޝަން އޮތްތޯ ސުވާލު އުފައްދާ ޓްވީޓެއް ކުރައްވާފައެވެ. މިހާތަނަށް ޖޭޕީ އިން ރަސްމީކޮށް އެއްވެސް އެއްޗެއް މިކަމާއި ގުޅޭ ގޮތުން ވިދާޅުވެފައެއް ނުވެއެވެ. ޖޭޕީގެ މީޑިއާ ގްރޫޕުގައި ނޫސްވެރިން އެކަމާއި ގުޅޭ ގޮތުން ސުވާލު އުފެއްދުމުންވެސް އެކަމާއި ގުޅޭ ގޮތުން އެޕާޓީ އިން މިހާތަނަށް އެއްވެސް އެއްޗާ ހާމައެއް ނުކުރެއެވެ.