އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅައިދޭ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަތަރު ވަނަ ސީޒަން ޑިސެމްބަރު މަހު ގެނެސްދޭ ގޮތަށް ހަމަޖައްސައިފި އެވެ.
މިކަން ކަރަން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. "ކުޗް ކުޗް ހޯތާ ހޭ" އާއި "ސްޓޫޑަންޓް އޮފް ދި އިޔާ" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަަށް ގެނެސް ދީފައިވާ ކަރަން ބުނީ އޭނާ މި ވަގުތު އުޅެނީ ފިލްމީ މަަސައްކަތުގަ އާއި އޭނަ ޖަޖްކަން ކުރާ ކަލާޒްގެ "ޖަލަކް ދިކްލާޖާ" ގައި ވަރަށް ބިޒީކޮށް ކަމަށެވެ.
އެހެން ނަމަވެސް "ކޮފީ ވިތު ކަރަން" ގެ ޝޫޓިން މާ ލަސްތަކެއް ނުވެ ފަށައި، ޑިސެމްބަރު މަހުގެ ތެރޭގައި އެ ޝޯ އޮން އެއާ ކުރެވޭނެ ކަމަށް ކަރަން ބުންޏެވެ. އެ ޝޯ ގެނެސް ދެނީ ސްޓާ ވޯލްޑާއި ސްޓާ ޕްލަސްއިންނެވެ.
"ކޮފީ ވިތު ކަރަން" ގައު ގެނެސް ދެނީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިންގެ އިންޓަވިއުތަކެވެ. މި ޝޯގައި ބައެއް ފަހަރު ތަރިން ދައްކާ ވާހަކަތަކާ ގުޅިގެން ބޮޑެތި ފާޑު ކިއުންތައް ވެސް އަމާޒުވެ އެވެ. ހާއްސަކޮށް އެއް ތަރިއަކު އަނެއް ތަރިއަކާ ބެހޭ ގޮތުން ދައްކާ ވާހަކަތަކާ ގުޅިގެންނެވެ.