ސ. މީދޫގައި މުލިމަތި ޔުނައިޓެޑުން މީދޫ ޝަރީފީ ޕްރީ ސްކޫލަށް 50 ޕްލާސްޓިކް ގޮނޑި ހަދިޔާކޮށްފި އެވެ.
މުލިމަތި ޔުނައިޓެޑްގެ ރައީސް އަބްދުﷲ ވަސީމު ވިދާޅުވީ އެ ގޮނޑިތައް ޝަރީފީ ޕްރީ ސްކޫލަށް ހޯދައި ދިނުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރޭގައި މާލޭގައި މަސައްކަތް ކުރާ ހެޔޮ އެދޭ ބައެއް ފަރާތްތަކުގެ ދީލަތި އެހީ ލިބިފައިވާ ކަމަށެވެ.
މުލިމަތި ޔުނައިޓެޑަކީ އިޖުތިމާއީ ތަފާތު ޕްރޮގްރާމްތައް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.
އެގޮތުން ގުރުއާން މުބާރާތްތައް ބޭއްވުމާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމާއި ތާރީހާއި ތިމާވެށްޓާ ގުޅުން ހުރި މަސައްކަތްތައް ވެސް އެ ޖަމިއްޔާ އިން ކުރެ އެވެ.